މާލެއާއި އަތޮޅުތަކުގައި މާދަމާ އިން ފެށިގެން ކުޑަކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެމެރިކާއިން ރާއްޖެއަށް 128،600 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
މި ވެކްސިން ޖަހާނީ އެ އުމުރުފުރައިގެ ކުދިންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި މާބަނޑު މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި މާބނޑު މީހުންގެ ތެރެއިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނަކާ ވެކްސިން އިހުތިޔާރު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ކޮވިޝީލްޑްް ނުވަތަ ސައިނޯފާމްް ވެކްސިންގެ ފުރަތަމަ ޑޯޒްް ޖަހައިގެންް ބޮޑު ސައިޑްއިފެކްޓެއްް ކުރިމަތިވެފައިވާ، ދެވަނަ ޑޯޒަކަށްް ފައިޒާ ވެކްސިންް ޖެހުމަށްް އޭއީއެފްއައި ކޮމިޓީންް ލަފާ ދީފައިވާ މީހުންނާއި ރާއްޖެއިންް ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަން ދާންް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ކިޔަވަންދާ ގައުމުގައި ހަމައެކަނި ފައިޒާ ގަބޫލުކުރާ ގައުމުތަކަށްް ކިޔަވަންދާ މީހުންނަށް ފައިޒާ ވެކްސިން ޖަހާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި މިދިޔަ އަހަރު ގުރޭޑު 10 ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތައް މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
- އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 4:00 އަށް
- ހުޅުމާލޭ ހޮސްޕިޓަލް - މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށް
- ވިލިމާލޭ ޔޫތު ސެންޓަރު - މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށް
އެޗްޕީއޭ އިން ބުނީ ވިލިމާލޭގައި އާންމުކޮށް ވެކްސިން ޖަހަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން މިދިޔަ އަހަރު ގުރޭޑް ދިހައެއް ނިންމި ދަރިވަރުން ފިޔަވައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ވެކްސިން ޖެހޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި މަސް ނިމުމުގެ ކުރިން ޝަރުތު ހަމަވާ އުމުރުގެ ސްކޫލު ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާނެ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު