އޯ ލެވެލްއާ އެސްއެސްސީގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ އޯލެވެލް ނަތީޖާ މިއަދު ހެނދުނު 10:00 އަދި އެސްއެސްސީ ނަތީޖާ މެންދުރު އެކެއް ޖަހާއިރުން ފެށިގެން އިމްތިހާން ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ.

ނަތީޖާތައް އިމްތިހާން ސެންޓަރުތަކަށް ދޫކުރުމުން، ދަރިވަރުންނަށް އެ ނަތީޖާތައް ދޫކުރާނީ ކަނޑައެޅިފައިވާ ގަޑިތަކެއްގައި އެ ސެންޓަރުތަކުންނެވެ.

އަމިއްލަ ގޮތުން ޓެސްޓް ހެދި ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރާނީ މެންދުރު އެކަކުން ފެށިގެން ހަވީރު ހަތަރަކާއި ހަމައަށެވެ. އަދި އޯލެވެލް ނަތީޖާތައް މިއަދު ހެނދުނު 10 ޖަހާއިރުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑީޕީއީއިން ވަނީ ބުނެފަ އެވެ.