ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ހަވީރު 4:00 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ، މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ރައީސް އޮފީހުގައި ނޫސްވެރިން ވެސް ރައީސް އޮފީހަށް ހާޒިރު ވެގެން ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހުއާ އެކު އިތުރު މިނިސްޓަރެއް ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ.
ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، މިފަހުން ދެ ފަހަރެއްގެ މަތީން ރައީސް ވަނީ ވާޗުއަލްކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައިފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު