ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން މިރޭ ބުނީ ކުޅުދުއްފުށި ސިޓީގައި އިއުލާން ކުރެވުނު މޮނިޓަރިންގެ ހާލަތު މިހާރު އުވާލެވިފައިވާ ކަމަށެވެ.

ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޮވިޑުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހުމާއި ރޯގާގެ އަސަރު ހުރެގެން ފުލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ސިޓީން ޖުމްލަ 67 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 47 މީހަކެވެ. އެންމެ ފަހުން އެ ސިޓީން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. ޕޮޒިޓިވްވެފައިވަނީ ކުރިން ކޮވިޑް ޖެހުނު މީހެއްގެ ކޮންޓެކްޓެކެވެ.