އެހެން ދީނެއް ރަމްޒުކޮށްދޭ ކުރެހުމެއް ހުރި ޗޮލްލެޓެއް ވިއްކާތީ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެހެން ދީނެއް ރަމްޒުކޮށްދޭ ކުރެހުމެއް ހުރި ޗޮކްލެޓެއް ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.