އެމެރިކާގެ ނެބްރާސްކާ ސްޓޭޓުގެ އޮމާހާއަށް މިދިޔަ ހަފުތާގައި ވަނީ ވަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވެފައެވެ. ހޮނިހިރު ދުވަހުގެ ރޭގަނޑު ޓޯނީ ލޫ އޭނާގެ ރައްޓެހިންނާއެކު ބޭރަށް ނުކުތީ ފެންބޮޑުވެ ލިބުނު ގެއްލުންތައް ބަލައިލުމުގެ ބޭނުމުގައެވެ.
ނަމަވެސް ޓޯނީ އެޕާޓްމަންޓުގެ ލިފްޓަށް އެރިތަނާ ކުރިމަތިވީ މުޅީން އެހެން ހާދިސާއެކެވެ. އެމީހުން ލިފްޓަށް އެރިވަގުތު ލިފްޓް ތެރެވެސް ފެންބޮޑުވީ އެވެ.
ލިފްޓުގައި ތާށިވެ ފުރާނަ ސަލާމަތްވި ގޮތުގެ ވާހަކަ ދައްކަމުން ނޫހަކަށް ދިން އިންޓަވިއެއްގައި ޓޯނީ އާއި އެކުވެރީން ބުނީ ލިފްޓަށް ވަދެ ތިރިއަށް ދާން ފެށިވަގުތު ފެންގަނޑު ލިފްޓު ގޮޅިތެރެއަށް ފާއްދާލީ ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުން ތިބީ ކަރުތާ ފެނުގައެވެ.
ޓޯނީ ވަނީ އެމީހުން ލިފްޓު އެތެރޭގައި ފެންގަނޑުގައި ތާށިވެފައި ތިބި ފޮޓޯ އަދި ވީޑިއޯތައް އިންސްޓަގްރާމަށް ލައިފައެވެ. ''ފުރަތަމަ ފައިގެ ހުޅާ ހަމައަށް ފެންގަނޑު ހުރީ، ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި އުނަގަނޑުގެ މެދާއި ހަމައަށް ފެންގަނޑު ބޮޑުވި.'' ޓޯނީ ބުނެފައިވެއެވެ. ފެންގަނޑު މައްޗަށް އަރަމުން ދާން ފެށުމުން ޓޯނީ ވަނީ އެހީއަށް އެދި ރަހުމަތްތެރީންނަށް ގުޅައިފައެވެ. އޭގެ އިމަޖެންސީ އެހީގެ ނަންބަރު، 911 ގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ފެންގަނޑު ކޮނޑާއި ހަމައަށް އަރާފައި ވަނިކޮށް އެމީހުންނަށް ވަނީ ލިފްޓުގެ ދޮރު ހުޅުވުމަށް ކުރި މަސައްކަތް ކާމިޔާބު ކުރެވި ސަލާމަތް ވެފައެވެ. އަދި އެ އެންމެންގެވެސް ހާލު ރަނގަޅުކަމުގައި ވަނީ ބުނެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް