ލައިފް ސްޓައިލް

މަދުން ނޫނީ ނުފެންނަ، ޕެސިފިކް ފުޓްބޯލް ފިޝްއެއް ކެލިފޯނިއާ ގޮނޑުދޮށަށް ލައްގައިފި

މީގެ ދެ ތިން މަސްކުރިން ކެލިފޯނިއާގެ ގޮނޑުދޮށަށް ވަނީ އާދަޔާ ހިލާފު ސިފައެއް ލިބިފައިވާ މަހެއް ލައްގައިފައެވެ.

ކެލިފޯނިއާގެ ގޮނޑުދޮށަށް ލައްގާފައިވާ މިމަހުގެ އަނގައިގައި ތޫނު ދަތްތަކެއް ފެންނަންހުރި އިރު އޭގެ ހަށިގަނޑު ހުރީ ވަށްކޮށެވެ.

ކަޅުކުލައިގެ މިމަހުގެ ފޮޓޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އޭންގްލާ ފިޝްގެ އާއިލާއަށް ނިސްބަވްތާ މިބާވަތުގެ މަހަށް ކިޔަނީ ޕެސިފިކް ފުޓްބޯލް ފިޝް އެވެ. އަދި މިބާވަތުގެ މަހަކީ ކަނޑުގެ 3000 ފޫޓު އަޑީގައި ދިރިއުޅޭ މަހެއް ކަމަށްވެއެވެ.

ކެލިޕޯނިއާގެ ގޮނޑުދޮށަށް ލައްގާފައިވާ މަހުގެ ބޮލުގެ މަތީގައި ހިމަދިގަށް އެވާ ބަޔަކީ އޭގެ އަންހެން މަސްތަކަށް ލިބިފައިވާ ސިފައެކެވެ. އިރުގެ އަލި ކެނޑިދިއުމުން އަނދިރީގައި ވޮށެއްހެން ދިއްލޭ މިބައިގެ އެހީގައި، އެހެން މަސްތައް އޭގެ ޝިކާރައަކަށް ހަދާލައެވެ.

މިމަހުގެ ދަތްތައް ބިއްލޫރިހެން ތޫނު ވެފައި (ޓްރާންސްޕޭރެންޓްކޮށް) އެތެރެ ފެންނަ ގޮތަށް ހުންނަ ކަމަށާއި އަދި އެއަށް ލިބިފައިވާ ބޮޑު އަނގައިގެ އެހީގައި އެއާ އެއް ސައިޒުގެ ދިރޭތަކެތި ދިރުވައިލުމުގެ ގާބިލުކަން މިމަހަށް ލިބިގެން ވެއެވެ.

ޕެސިފިކް ފުޓްބޯލް ފިޝްގެ އަންހެން މަސް 24 އިންޗީގެ ދިގުމިނަށް ދެމިލާއިރު މިބާވަތުގެ ފިރިހެން މަސް ދިގުވަނީ އިންޗިއެއްގެ ދިގުމިނަށެވެ.