ރަންވީރު ސިންގާ އެއްވަރެއްގެ މުސާރައަކަށް އެދުމުން ފިލްމު ''ބައިޖޫ ބާވްރާ'' އިން ދީޕިކާ ޕަދުކޯން ވަކިކޮށްފިއެވެ.
ބޮލީވުޑްގައި އަންހެން އަދި ފިރިހެން އެކްޓަރުންގެ މެދުގައި ފީ ދިނުމުގެ ހަމަހަމަކަން ނުގެންގުޅޭ މައްސަލަ މީގެ ކުރީންވެސް ވަނީ ބޮޑުވެފައެވެ. ފިރިހެން އެކްޓަރުންނާ އެއްވަރެއްގެ މުސާރައަކަށް އަންހެން އެކްޓަރުން އެދުމުން ގިނަ ފަހަރަށް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހި އެ މީހުންނަށް ލިބޭ ފުރުސަތުތައް ގެއްލިގެން ގޮސްފައިވެއެވެ.
ދީޕިކާ އަދި އޭނާގެ ފިރިމީހާ ރަންވީރް ސިންގާއެކު ކުޅެން ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ''ބައިޖޫ ބާވްރާ'' ގައި ރަންވީރް ސިންގާ އެއްވަރުގެ މުސާރައެއް ލިބެން ޖެހޭނެ ކަމަށް ދީޕިކާ ވަނީ އެދިފައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ރަންވީރާ އެއްވަރުގެ މުސާރައެއް ދިނުމަށް ސަންޖޭ ލީލާ ބަންސާލީ އެއްބަސްވެފައި ނުވާ ކަމަށާއި، އެކަމަށް އިންކާރުކޮށް ދީޕިކާ އެފިލްމުން ވަކިކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. ދީޕިކާ އެ ފިލްމުން ވަކިކުރުމަށް އޭނާ ކުޑަކޮށްވެސް ފަސްޖެހިފައި ނުވަނީ މިހާތަނަށް ދީޕިކާ އަދި ރަންވީރް ފެނިގެންދާ ބަންސާލީގެ ތިން ފިލްމެއް ގެނެސްދެވިފައިވާތީ ކަމަށް ވެއެވެ.
ދީޕިކާ އަދި ރަންވީރް އެކުގައި މަސައްކަތްކޮށްފައިވާ ބަންސާލީގެ ފިލްމުތަކުގެ ތެރޭގައި، ''ރާމް ލީލާ''، ''ބާޖިރާއޯ މަސްތާނީ'' އަދި ''ޕަދްމާވަތު'' ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން