މާމަ ދަރިފުޅުގެ ބިއުޓީ ބްރޭންޑަށް މޮޑެލް ކޮށްދޭ 99 އަހަރުގެ މާމައަކަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އެބަދެއެވެ.
ކެލިފޯނިއާގައި ދިރިއުޅެމުން އަންނަ 99 އަހަރުގެ ހެލީން ސިމޯން ވަނީ އޭނާގެ މާމަ ދަރިފުޅު ލެނީ ކްރަވެލްގެ ބިއުޓީ ބްރޭންޑް ސައީ ބިއުޓީ ބްރޭންޑަށް މޮޑެލް ކޮށްދީފައެވެ.
ހެލީން ބުނަނީ މާމަ ދަރިފުޅު ކްރަވެލްގެ ބިއުޓީ ބްރޭންޑަށް މޮޑެލްކޮށްދިނުމަށް އެދުމުން އެކަމަށް އެންމެ ފުރަތަމަ އެއްބަސްވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމަށް އޭނާ ތަކުރާރުކޮށް އެދެމުން ދިއުމުން މޮޑެލް ކުރަން ނިންމީ ކަމަށެވެ. ހެލީންގެ 6 ކުދީންނާއި 11 މާމަ ދަރީން އަދި 6 މުނި މާމަ ކުދިން ތިބެއެވެ.
ހެލީން ވަނީ ސައީ ބްރޭންޑުގެ ކީޕް ގްލޮއިން ޝޫޓިންގައި ބައިވެރި ވެފައެވެ. ހެލީން ވަނީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ އުމުރުން ދުވަސްވީ މޭކަޕް މޮޑެލުންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.
ސައީ ބްރޭންޑަށް މޮޑެލްކޮށްދީފައިވާ ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. ޖުލައި 9 ވަނަ ދުވަހު ހެލީން އަކީ ސައީ ބްރޭންޑުގެ މޮޑެލެއް ކަމަށް ކަނޑައަޅައި އެ ބްރޭންޑުން ވަނީ ހެލީން ތައާރަފު ކޮށްދީފައެވެ.
ހެލީން ބުނާ ގޮތުގައި އޭނާއަކީ އެއް އިރެއްގައިވެސް މާބޮޑަށް މޭކަޕްކޮށް ހަދާ މީހެއް ނޫނެވެ. ނަމަވެސް ސައީ ބްރޭންޑުގެ މޭކަޕްތައް ވަރަށް އަސްލާ އެއްގޮތް ކަމުގައި އޭނާ ވަނީ ބުނެފައެވެ. އޭނާއަށް އެ ބްރޭންޑުގެ އެންމެ ކަމުދަނީ ސްލިޕް ޓިންޓް މޮއިސްޗަރައިޒާ، މަސްކަރާ 101، ޑިއު ބްލަޝް އިން ޕޮޕީ އަދި ލިކުއިޑް ލިޕް ބާމް ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް