ފިރިހެނަކު ބަރަހަނާ ހާލުގައި މާލޭ މަގުމަތީގައި އުޅެފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:01 ގައި ފިރިހެނަކު ބަރަހަނާވެގެން މާލޭ މަގުމަތީގައި އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިއުމުން އޭނާ ގެއަށް ވަދެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް މާލޭ މަގުމަތީގައި ބަރަހަނާކޮށް އުޅުނު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މިއަދު ބަރަހަނާ ހާލުގައި ފިރިހެނަކު އުޅުނީ މާލޭގެ ކާރޫ ބާރޫ ބޮޑު އެއް މަގު ކަމަށްވާ މަޖީދީ މަގުގައެވެ. އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު