އެމްބެސެޑާ ބްރޭންޑުގެ ވެޖިޓަބަލް ކްރީމް ނުވިއްކުމަށާއި ބޭނުން ނުކުރަން އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އެމްބެސަޑާ ބްރޭންޑުގެ ވެޖިޓަބަލް ކްރީމް އުފެއްދުމުގައި ލޯކަސްޓް ބީން ގަލް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މި އިންގްރީޑިއަންޓް، 'އެތިލީން އޮކްސައިޑް' ކިޔާ ކެމިކަލަކުން ތަގައްޔަރުވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށް ބުންޏެވެ.
މި އުފެއްދުން ރާއްޖެއަށް އެތެރެވެފައި ވާތީ، މި އެލާޓްއާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ގެއްލުމުގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެމްބެސެޑާ ބްރޭންޑުގެ ވެޖިޓަބަލް ކްރީމް އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގައިފައެވެ.