ރާއްޖޭގައި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަހު ރާއްޖޭގައި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ނުދޭނެ ކަމަށެވެ.
"އެއީ ވެކްސިންތަކުގައި މި ހުންނަނީ އާންމުގޮތެއްގައި ވަރަށް ކުޑަ ލައިފްޓައިމްއެއް. ގިނަ ވެކްސިންތަކުގައި މި ހުންނަނީ ހަ މަސް. މިގޮތަށް މި ނިންމީ ދެވަނަ ޑޯޒަށް ވަގުތު ދިނުމުގެ ގޮތުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި އެސްޓްރާޒެނެކާ ވެކްސިންތައް ނޮވެމްބަރު މަހުގެ ތެރޭގައި މުއްދަތު ހަމަވާނެ ކަމަށާއި އެހެންވެ، އޭގެ ކުރިން ވެކްސިންގެ ޑޯޒްތައް ވީހާވެސް ގިނަ ބަޔަކު ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
އެޗްއީއޯސީގެ އަމާޒަކީ، މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމެވެ.
އެޗްއީއޯސީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 21.38 އިންސައްތަ މީހުންނަކީ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު