މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭނުމަށް، ފުރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ފުލުހުންނަށް ބޭނުންވާ 1400 ބޮޑިވޯން ކެމެރާ ސަޕްލައި އަދި ޑެލިވަރީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
ފިނޭންސް އިން ބުނީ ޝަރުތު ހަމަވާ ފަރާތްތަށް ހޯދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިންޑިން އުސޫލުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1500 ރުފިޔާގެ ފީއެއް ދައްކަންޖެހެ އެވެ. އަދި މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޭ މެދުވެރިކޮށް އެ ފައިސާ ދައްކަންޖެހެ އެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 390,000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަސް ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ. މި ޕްރޮޖެކްޓާ ގުޅެ ގޮތުން ސުވާލު ކުރުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:30ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅާންޖެހެ އެވެ. ބިޑު ހުޅުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު