ރެސްޓޯރަންޓަކަށް ކާން ގޮސް، ފިރިމީހާ ފާހާނާގައި ގިނައިރު ވުމުން އަންހެނުން އަމިއްލައަށް އެތަނުން ކާލައިގެން ގެއަށް ހިނގައްޖެއެވެ.

މިވާހަކަ ބޭރުގެ ނޫހަކާ ހިއްސާކުރި އަންހެން މީހާ ބުނާ ގޮތުގައި އޭނާގެ ފިރިމީހާއަކީ އާއްމުކޮށް ފާހާނާގައި ދުވާލަކު ހަތަރު ގަޑިއިރު ހޭދަކުރާ މީހެކެވެ.

އަންހެން މީހާގެ ނަން ހާމަނުކޮށް ބުނެފައިވަނީ އޭނާގެ ފިރިމީހާ ''ޖަސްޓިން'' ދުވާލަކު ތިން ހަތަރު ފަހަރު 45 މިނިޓު ހަމައެކަނި ފާހާނާގައި ހޭދަކުރާ ކަމަށެވެ. އަދި އޭނާގެ މި އާދައިގެ ސަބަބަބުން އުނދަގޫވާ ކަމަށާއި ނަމަވެސް ރުޅިގަނޑު ފަޅައިގެން ދިޔައީ ރެސްޓޯރަންޓަކަށް އެކުގައި ކާންގޮސް ޖަސްޓިން އެތައް އިރެއް ފާހާނާގައި ހޭދަކުރުމުން ކަމަށެވެ.

ޖަސްޓިން ފާހާނާއަށް ދާން އެދުމުންވެސް ގިނައިރު ނުކުރުމަށް އެދުނު ކަމުގައި އަންހެން މީހާ ބުނެއެވެ.

ނަމަވެސް ފާހާނާއަށް ދިޔަގޮތަށް އެތައް އިރެއް ވުމުން އޭނާގެ ހަބަރެއް ވޭތޯ ބަލަން ދިޔަ ކަމަށާއި، ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނުމަށްފަހުވެސް އަނބުރާ އައިސްފައި ނުވާ ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

ދެމަފިރިން ކެއުމަށް އޯޑަރު ކުރި ކާއެއްޗެހި އައުމުންވެސް ޖަސްޓިންގެ އިންތިޒާރުގައި އެތައް އިރަކު އިންނަން ޖެހުނު ކަމަށާއި، އެންމެފަހުން ރުޅި އައިސްގެން، ކެއުމަށްފަހު ބިލުގެ އެއްބަޔަށް ފައިސާ ދެއްކުމަށްފަހު ގެއަށް ދިޔަކަމުގައި އަންހެން މީހާ ބުނެއެވެ.

އަންހެން މީހާ ބުނާގޮތުގައި ކައި ނިމުމަށްފަހު އޭނާ ޖަސްޓިންއަށް އަނެއްކާވެސް ގުޅުމުން އޭނާ ފޯނު ކަނޑާލީ އެވެ. ''އަހަރެން ވަރަށް ހިތްހަމަނުޖެހުނު. ވެއިޓަރު ލައްވައި އެންމެފަހުން ބިލް ގެނެސް އޭގެ އެއްބަޔަށް ފައިސާ ދެއްކުމަށްފަހު ގެޔަށް ދިޔައީ.'' އޭނާ ކިޔައިދީފައިވެއެވެ.

ޓެކްސީއެއްގައި ގެއަށްދިއުމަށްފަހު އޭގެ 20 މިނިޓުފަހުން ފިރިމީހާ ގެއަށް އައި ކަމަށާއި، އޭނާ އަންނަންދެން މަޑު ނުކުރުމުން މައްސަލަ ވެސް ޖެއްސި ކަމަށް އަންހެން މީހާ ބުނެއެވެ.

މިކަމުގައި އޭނާ ކަންތައްކުރީ ގޯސްކޮށްތޯ ކިޔުންތެރިންގެ ކިބައިން އަންހެން މީހާ ވަނީ އަހައިފަ އެވެ.