މާދަމާއިން ފެށިގެން ހަފުތާގެ ކޮންމެ ދުވަހަކުވެސް ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެގޮތުން މާދަމާއިން ފެށިގެން ހަފުތާގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭނެ ކަމަށެވެ.
ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިކޮށް ދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް ބުންޏެވެ.
ކޯޓުގައި ކައިވެނި ކޮށްދޭނެ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ. ނުރަސްމީ ގަޑިއަކީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު