ފިރިމީހާ ރާޖް ކުންދުރާގެ ހައްޔަރާ ގުޅިގެން ފާއިތުވި ދެހަފުތާގައި އެންމެ ގިނައިން ދެކެވޭ ވާހަކައިގެ ތެރޭގައި ޝިލްޕާ ޝެޓީގެ ވާހަކަތައް ހިމެނެއެވެ.
މިކަމާ ގުޅުވައިގެން މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަތައް ގެނެސްދެމުން ދިޔައިރު ޝިލްޕާ ޝެޓީ އެކަމާ ގުޅިގެން ވާހަކަދައްކާފައެއް ނުވެ އެވެ.
ނަމަވެސް ރާޖްގެ ހައްޔަރަށްފަހު ހަނުހުރުމަށްފަހު ޝިލްޕާ ޝެޓީގެ ފުރަތަމަ ބަޔާން އޭނާގެ އިންސްޓަގުރާމްގައި މިހާރު ވަނީ ޕޯސްޓުކޮށްފައެވެ.
އިންސްޓަގުރާމުގައި އޭނާ ކޮށްފައިވާ ދިގު ޕޯސްޓެއްގައި ބުނީ މި ހައްސާސް ދަނޑިވަޅުގައި އޭނާއާއި އާއިލާ އެކަހެރިވެ ތިބުމަށް ބޭނުންވާ ކަމަށާއި އެކަމަށް އިހުތިރާމު ކުރުމަށް އެދޭ ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން ދޮގު ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އެދިފައެވެ
ފިރިމީހާގެ މައްސަލައަކީ ތަހުގީގު ކުރެވެމުން އަންނަ މައްސަލައެއް ކަމަށް ވާތީ މިހާތަނަށް ވެސް އެކަމުގައި އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމުގައި ޝިލްޕާ ވަނީ ބުނެފައެވެ. ޝަރުއީ ނިޒާމުގެ ތެރެއިން މި މައްސަލަ އިންސާފުވެރިކަމާ އެކު ކުރިޔަށް ދާނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށާއި މައްސަލައިގެ ޝަރީއަތް މީޑިއާއިން ނުކުރުމަށް ވެސް ޝިލްޕާ ވަނީ އެދިފަ އެވެ.
ޝިލްޕާ ޝެޓީގެ މި ޕޯސްޓަށް ބައެއް ތަރިންވަނީ ލައިކު ދީ އޭނާއަށް ހިތްވަރު ދީފައެވެ. އޭގެ ތެރޭގައި ވަރުން ދަވަން، ޖެކޮލިން ފެނާންޑެޒްގެ އިތުރުން ސުނީތާ ކަޕޫރު އަދި ސޮބާ އަލީ ހާން ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން