ގެއްލުނު ވޮލެޓެއް ވެރިފަރާތަށް ހަވާލުކުރަން މީހަކު ކުރި މަސައްކަތަށް ތައުރީފު ލިބެމުން ދެއެވެ.
ލާހޯރަށް ނިސްބަތްވާ ގާޒީ ތައިމޫރަށް ރާހުލް ކިޔާ މީހެއްގެ ވޮލެޓެއް ލަންޑަންގެ މަގެއްގެ މަތިން ފެނިގެން އޭނާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށް ރާހުލް ހޯދައި ވޮލެޓު ހަވާލުކޮށްފައެވެ.
ލަންޑަންގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް ވޮލެޓެއްގެ ފޮޓޯއަކާއެކު ގާޒީ ވަނީ ވެރިފަރާތް ހޯދުމަށް ޓުވިޓާގައި ޕޯސްޓެއް ކޮށްފައެވެ. ވޮލެޓުގެ ވެރިފަރާތުގެ ނަމަކަށް ރާހުލް އޮތުމުން އޭނާ ރާހުލް ހޯދުމަށް މަސައްކަތް ފެށިކަމުގައި ބުނެއެވެ. އަދި ރާހުލް ހޯދުމަށް ގޫގުލްގަ އާއި އެކިކިއެކި ޕްލެޓްފޯމުތަކުގައި ކުރަމުންދިޔަ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ވަނީ ގޮސްފައެވެ.
ފޭސްބުކް، އިންސްޓަގުރާމުގައި އަތްފުނާ އަޅައިގެން ރާހުލް އަތުޖެހޭ ގޮތެއް އޭނާއަށް ނުވިނަމަވެސް، ލިންކްޑްއިން ގައި ލަންޑަނުގައި މަސައްކަތްކުރާ ރާހުލްއެއްގެ ޕްރޮފައިލް ފެނިގެން ރިކުއެސްޓެއް ފޮނުވިކަމުގައި އޭނާ ބުނެއެވެ.
ގާޒީގެ ޕޯސްޓުތަކަށް މީހުންގެ ސަމާލުކަން ބޮޑަށް ލިބިގެން ގޮސްފައިވަނީ ބޮލީވުޑްގައި މަޝްހޫރު ޝާހުރުކްގެ ''ރާހުލް'' ކެރެކްޓާއަށް ގުޅުވައި ޕޯސްޓުތައް ކުރާން ފެށުމުންނެވެ.
''އަންޖަލީ ސްޓައިލަށް'' އޭނާ ރާހުލް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި ރާހުލް އަތުޖެހުމުގެ މަސައްކަތް ގާތްވަމުން އަންނަ ކަމުގައި އޭނާ ބުނެފައިވެއެވެ.
ކޮންމެއަކަސް އޭނާ އެމަސައްކަތް ކާމިޔާބުކޮށް ރާހުލް ހޯދައެވެ. ރާހުލްގެ ވޮލެޓު ރައްދުކޮށްދިނުމުން އޭނާ ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ގާޒީގެ މިމަސައްކަތް ގިނަ ބަޔަކު ވަނީ ބަލައިގެންފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް