ޕްރިންސަސް ޑަޔާނާ އަދި ޕްރިންސް ޗާލްސްގެ ކައިވެނީގެ ކޭކު ފޮއްޗެއް 40 އަހަރަށްފަހު ނީލަން ކިޔަން ނިންމައިފިއެވެ.
ނިއުޔޯކު ޕޯސްޓުގައި ބުނެފައިވާ ގޮތުގައި 28 އައުންސުގެ މި ކޭކުފޮތި އޯގަސްޓު 11 ގައި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކޭކުފޮތީގެ ނީލަން ފެށޭ އަގު އުޅެނީ ގާތްގަނޑަކަށް 500 ޕައުންޑުގައި ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ކޭކު ފޮއްޗަކީ 29 ޖުލައި 1981 ވަނަ ދުވަހު ކުރެވިގެންދިޔަ ޕްރިންސް ޗާލްސް އަދި ޕްރިންސެސް ޑަޔާނާގެ ޝާހީ ކައިވެނީގައި ބަހައްޓާފައި ހުރި ކޭކުން ރައްކާ ކޮށްފައިވާ ކޭކު ފޮއްޗެކެވެ.
ޝާހީ ކައިވެނީގެ ކޭކު އަޅައިދީފައިވަނީ ކެންޓުގައި ހިންގަމުން ދިޔަ ރޯޔަލް ނޭވީސް ކުކިން ސްކޫލުގެ ހެޑް ބޭކަރެއް ކަމުގައިވާ ޑޭވިޑް އޭވެރީއެވެ. އޭނާ މިކޭކު އަޅާފައިވަނީ ކައިވެނީގެ ހަފުލާގެ 14 ހަފުތާ ކުރިން ފެށިގެން ކަމަށް ނިއުޔޯކު ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ވަރަށް ފަހުން ވަނީ ޕްރިންސަސް ޑަޔާނާއަށް އެންގޭޖުމަންޓު ހަދިޔާއެއްގެ ގޮތުގައި ޕްރިންސް ޗާލްސް ހަދިޔާކޮށްފައިވާ ކާރެއްވެސް ނީލަން ކިޔާފައެވެ.
1981 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޕްރިންސް ޗާލްސް އެކަމަނާއަށް ހަދިޔާ ކޮށްފައިވާ ފޯޑް އެސްކޯޓު ގިއާ ސެލޫން ކާރު ނީލަން ކިޔާފައިވާއިރު ޕްރިންސެސް ޑަޔާނާ ކަސްރަތު ކުރެއްވުމަށް ތުރުކުރެއްވި ހެދުންކޮޅެއް ވަނީ މީގެ ކުރިން ނީލަމުގައި މިލިއަނުން ވިކިގެން ގޮސްފަ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް