ބޮލީވުޑަށް ނުކުންނަށން ބައްޕަ ދަރްމެންދްރާ އެންމެ ފުރަތަމަ އެހާ ގަބޫލު ނޫން ކަމަށް އީޝާ ޑިއޯލް ބުނެފިއެވެ.
އީޝާ ޑިއޯލް މިހެން ބުނެފައިވަނީ ފިލްމު އިންޑަސްޓްރީން ބްރޭކެއް ނެގުމަށްފަހު އޭނާ އަލުން ނުކުތުމަށް ތައްޔާރުވަމުން އަންނައިރު ދީފައިވާ އިންޓަވިއުއެއްގައެވެ.
ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ދަރުމެންދްރާ އަދި ހެމާ މާލިނީގެ ދަރިފުޅު އީޝާ ޑިއޯލަށް އިންޑަސްޓްރީގައި މައިންބަފައިންނާއި އެއްވަރަށް ފައިހަމަކުރެވިފައެއް ނުވެއެވެ. އީޝާ ޑިއޯލް އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2011 ގައި ނުކުތް ''ޓެލް މީ އޯ ހުދާ'' އިންނެވެ. އެއަށްފަހު 2012 ގައި ކައިވެންޏެއް ކޮށް އޭނާއަށް ވަނީ ދެ އަންހެން ކުދިން ލިބިފައެވެ.
ނަމަވެސް އިންޑަސްޓްރީގެ މަސައްކަތް މެދުކަނޑާލުމަށްފަހު އޭނާ އަންނަނީ އެކްޓްރެސްއެއްގެ އިތުރުން ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި އަލުން ނުކުތުމަށް ތައްޔާރުވަމުންނެވެ.
މިމަހުގެ ކުރީކޮޅު އޭނާ ވަނީ އަމިއްލަ ޕްރޮޑަކްޝަންގެ ނަން ''ބާރަތު އީޝާ ފިލްމު'' (ބީއީއެފް) އިއުލާނުކޮށް އޭގެ ދަށުން ''އެކް ދުއާ'' ކިޔާ ފިލްމެއް އުފައްދަން އުޅޭ ހަބަރު ހިއްސާކޮށްފައެވެ. ރާމްކުމާލް ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑު ރޯލުން އީޝާ ފެނިގެންދާނެއެވެ.
ކުރިއަށް އޮތް މަސައްކަތުގެ ވާހަކަ ދައްކަމުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އިންޑަސްޓްރީއަށް ފުރަތަމަ ނުކުންނަން ނިންމުމުން އެކަމާ ބައްޕަ އެހާ ގަބޫލު ނުވި ކަމަށް ބުނެފައެވެ.
''ބައްޕައަކީ ކުރީގެ ވިސްނުން ގެންގުޅޭ މީހެއް. ބައްޕަ ގަބޫލު ކުރާ ގޮތުގައި އަންހެން ކުދިން ގެންގުޅެން ވާނީ ވަރަށް ބޮޑަށް ހިމާޔަތްކޮށްގެން. އެހެން އެ ވަނީ އިންޑަސްޓްރީގެ ކަންކަން ހުންނަ ގޮތް ބައްޕައަށް ރަނގަޅަށް އެނގޭތީ ކަމަށްވެސް ވެދާނެ'' އީޝާ ބުނެފައިވެއެވެ.
މީގެ ކުރިން އީޝާގެ މަންމަ ހެމާ މާލިނީވެސް ވަނީ ދަރޭ އެންމެ ފުރަތަމަ އީޝާ ޑިއޯލް ބޮލީވުޑަށް ނުކުންނަން ބޭނުންވުމުން އެކަމާ އެހާ ގަޔާ ނުވި ކަމަށް ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން