މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އެބިލުގެ މަގުސަދު ގެއްލުވައިލުމަށް ސަރުކާރުން، މޭޒު ދަށުން ޑަބަލް ސްޓޭންޑަޑް ހަރަކާތެއް ހިންގާފައިވާ ކަމަށް އެ ބިލު ދިރާކުރި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު (އިންތި) ވިދާޅުވެއްޖެއެވެ.
މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފުރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފުރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅައި ގާނޫނުލް އުގުބާތަށް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.
ނަމަވެސް ސަތޭކައަށް ވުރެ ގިނަ ދީނީ އިލްމުވެރީންނާއި، ގިނަ އަދަދެއްގެ އާއްމުންނާއި، ގިނަ ކައުންސިލްތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް ދެކޮޅު ހަދައިފައެވެ.
އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް އެ ދެކޮޅުހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސް ނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ.
އެކަން ފާހަގަކޮށް މިިއަދު ކުރެއްވި ޓުވީޓެއްގައި އިންތި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އޮފީހުން ފޮނުއްވެވި ބިލު ކޮމެޓީން ފާސްކޮށްފައި ވަނިކޮށް، ކޮމެޓީއަށާއި ބަންޑާރަ ނައިބު އޮފީހަށް ވެސް އެނގުމަކާ ނުލައި، ސަރުކާރުން އެބިލުގެ މަގުސަދު ގެއްލުވާލުމަަށް މޭޒުދަށުން ހިންގި ހަރަކާތަކީ ޑަބަލް ސްޓޭންޑަޑް އެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު