ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ހއ. ދިއްދޫ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ދިއްދޫ ކައުންސިލްގެ މެމްބަރަކު މިރޭ "ވަން" އަށް ވިދާޅުވީ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ނަރުހެކެވެ.
އޭނާ ވިދާޅުވީ އެ ކޭސްއާ ގުޅިގެން އެރަށް މިރޭ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ރަށުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއީ ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން އެރަށުގެ މޮނީޓަރިންގެ ހާލަތު އުވާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެފަހަރު ވަނީ މަހެއްހާ ދުވަސް ވަންދެން މޮނީޓަރިންގެ ހާލަތަށް ލައިފައެވެ.
އެރަށުން މިހާތަނަށް ދެ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެއީ ދިވެއްސަކާއި ބަންގުލަދޭޝް މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު