އިންޑިއާގެ ޓެލެވިޒަން ތަރި މޯނާ ސިންގު މޭކަޕާ ނުލައި ޝޯއެއް ހޮސްޓުކޮށްދިނުމަށް ތައްޔާރުވެއްޖެއެވެ.
މޯނާ ސިންގުގެ ކުރިއަށް އޮތް ކްރައިމް ޝޯ ''މޯކާ އޭ ވަރްދާތު'' ހޮސްޓުކޮށްދިނުމަށް ތައްޔާރުވަމުން އަންނައިރު، އެ ޝޯ ހޮސްޓުކޮށްދިނުމަށް ހަމަޖެހިފައިވަނީ މޭކަޕާ ނުލައި ވަރަށް އާދައިގެ ގޮތަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
''ޖެސީ ޖޭސީ ކޯއީ ނެހީ'' އިން ބޮޑު މަގުބޫލުކަމެއް ހޯދި މޯނާ ސިންގަކީ ތަފާތު ކެރެކްޓާތަކުގެ އެކްޓިން ހުނަރު ދައްކައިދީފައިވާ ބަތަލާއެކެވެ. ''ޖެސީ ޖޭސީ ކޯއީ ނެހީ'' ގައި އޭނާ ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު މޭކަޕެއްގަ އެވެ.
ކުރިއަށް އޮތް މަސައްކަތުގެ ވާހަކަ ދައްކަމުން ކްރައިމް ޝޯއެއް ހުށަހަޅައިދިނުމަކީ ވަރަށް ޒިއްމާދާރު މަސައްކަތެއް ކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބެލުންތެރިންނާއި ހުށަހަޅައިދޭ ވާހަކައާއި އެހެން ކަންކަން ގުޅުވައިދޭން ޖެހޭކަމުގައި އޭނާ ވަނީ ބުނެފައެވެ. އަދި މިފަދަ ޝޯއެއް ހުށަހަޅައިދިނުމުގައި މާބޮޑަށް ހެދިގެން ހުރުމުގެ ބަދަލުގައި އާދައިގެ ގޮތަކަށް ހުރުމުން، ގެނެސްދޭ ވާހަކައަށް ބެލުންތެރިންގެ ސަމާލުކަން ބޮޑަށް ލިބިގެންދާނެ ކަމުގައި އޭނާ ވަނީ ބުނެފައެވެ.
މި ޝޯ ހޮސްޓުކޮށްދިނުމުގައި ޕްރޮޑިއުސަރުން އޭނާގެ މޭކަޕުން ފެށިގެން ހެދުން އެޅުމާއި ހަމައަށް ވަރަށް އާދައިގެ ގޮތެއްގައި ބެހެއްޓުމަށް އިސްކަން ދީފައިވާ ކަމަށާއި، މިފަދަ ޝޯއެއް ހޮސްޓުކޮށްލަން ލިބުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.
މޯނާ ސިންގު އެންމެފަހުން ފެނިގެން ގޮސްފައިވަނީ ކޮމެޑީ ނައިޓްސް ބަޗާއޯ އިންނެވެ. ކެމެރާ ކުރިމަތިން ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ހުށަހަޅައިދޭ މި ކްރައިމް ޝޯގައި އޭނާގެ އިތުރުން ޓީވީ ތަރި ރަވީ ކިޝަން ފެނިގެންދާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން