ރާޖް ކުންދުރާގެ ބަންދުގެ މުއްދަތު ޖުލައި 27 އާއި ހަމައަށް އިތުރުކޮށްފިއެވެ.
ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އާ ދެކޮޅަށް އޮރިޔާން ފިލްމު އުފެއްދުމުގެ ދައުވާކޮށް މިދިޔަ ހޯމަދުވަހުގެ ރޭ ހައްޔަރުކޮށްފައިވާއިރު މިއަދު ވަނީ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
އިންޑިއާގެ އޭންއެންއައި ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޖް ކުންދުރާ މިއަދު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހާފައިވާކަން މަހާރާޝްތުރާގެ ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. އޮރިޔާން ފިލްމު އުފެއްދުމުގެ ވިޔަފާރިން ލިބޭ ނަފާއިން އޮންލައިންކޮށް ޖުވާ ކުޅުމަށް ބޭނުންކޮށްފައިވާ ކަމަށްވެސް ޝައްކު ކުރެވި ރާޖް ކުންދުރާގެ ޔެސް ބޭންކް އެކައުންޓު އަދި ޔުނައިޓެޑް ބޭންކް އޮފް އެފްރިކާ އެކައުންޓު އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމުގައި ފުލުހުން މިއަދު ކޯޓުގައި ވަނީ ބުނެފައެވެ.
މިމައްސަލައިގައި މުމްބާއީގެ ކްރައިމް ބްރާންޗްގެ ފުލުހުން ރާޖް ކުންދުރާ ހިމެނޭހެން 11 މީހަކު ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހުގައެވެ. އަދި ޖުލައި 20 ވަނަ ދުވަހު ރަޔަން ތާޕު ހައްޔަރުކޮށްފައިވާއިރު ރާޖް އަދި ރަޔަން މިއަދު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު މިވަނީ އިތުރު 7 ދުވަހަށް ދަމަހައްޓާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އޭރު ނެރެފައިވާ ބަޔާނުގައި ރާޖް އަކީ މި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މޭސްތިރި ކަމަށާއި އޭނާއާ ދެކޮޅަށް މިކަމުގައި ހެކި ލިބިފައިވާ ކަން އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ވަނީ ހާމަކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން