ހުޅުމާލޭގައި އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަަށެވެ.
އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބޯގަންވިލާ މަގުގެ ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސް ބިމުގައި ކަމަށާއި އެކަމާ ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ސަރަހައްދުގައި ބަންދުކޮށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސިފައިންގެ ސްޕެޝަލް ފޯސް އިން ދަނީ ހަތިޔާރާއެކު އެ ސަހަރައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ “ވަން”ގެ ނޫސްވެރިޔާ ބުނީ ގޮވީ ގެއެއްގައި ކަމެއް ނުވަތަ ބޭރުން ކަމެއް އަދި ހޯދިފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު