ގްރޭޓާ މާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑިފައިވަނިކޮށް ދޮޅު ގަޑިއިރެއްގެ ތެރޭގައި ހުރިހާ ހިސާބަކަށް ކަރަންޓު ދީފިއެވެ.
ގްރޭޓާ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑިފައިވަނީ މެންދުރު 12 ޖަހަން ގާތް ވެފައި ވަނިކޮށެވެ. އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފައެވެ. އަދި ދޮޅު ގަޑިއެއްހާއިރު ތެރޭގައި މާލޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓުދީ ވަނީ ނިންމާލައިފައެވެ.
ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިއަށްދާ އިރު، ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ގްރޭޓާމާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށް،" ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެ މަސައްކަތް ކުރިއަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް މީޑިއާއާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުން ގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު