ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ލެޖެންޑުން މެދުގައި ކުޅުނު އެލް ކްލެސިކޯ މެޗު ރެއާލް ލެޖެންޑުން 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.
އިސްރާއީލްގެ ތެލް އަވީވްގައި ކުޅުނު މެޗުގައި ދެޓީމަށްވެސް ކުރިން ކުޅެފައިވާ ތަރީން ފެނިފައިވެއެވެ. އެ މެޗު އިސްރާއީލުގައި ނުކުޅުމަށް މުސްލިމް ގިނަ ފަރާތްތަކަކުން ގޮވާލާފައި ވަނިކޮށް ވެސް، މެޗު އެގައުމުގައި ކުޅެން ނިންމި ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކަށް ހުއްޓުމެއް ނެތި އޮއްވައި، އެފަދަ ތަރީންގެ މެޗެއް އިސްރާއީލްގައި ކުޅުމަށް ބާސާ އާއި ރެއާލް ނިންމި ނިންމުމަކީ މުސްލިމުންނަށް ގަބޫލު ރެވޭނެ ނިންމުމެއް ނޫނެވެ. އެކަމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑު އުފުލައިފައެވެ.
ގާތް ގަނޑަކަށް 25،000 ސަޕޯޓަރުންނާއެކު ކުޅުނު މެޗުގައި ބާސާގެ ކެޕްޓަން ބޭންޑް އަޅާފައި ވަނީ ރިވާލްޑޯއެވެ. އަނެއްކޮޅުން ރެއާލްގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗަށް ނުކުތީ ރޮބާޓޯ ކާލޯސްއެވެ. ކާލޯސްގެ އިތުރުން ރެއާލް ޓީމުން ލުއިސް ފީގޯ އާއި އަލްފޮންސޯ ޕެރޭޒްގެ އިތުރުން ރުބެން ޑެލަރީޑް ފާހަގެވެގެން ދިޔައެވެ. ބާސާ ޓީމުން ޑެކޯ އާއި ޑި ބޯގެ އިތުރުން ހާވިއާ ސަވިއޯލާވެސް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
ފުރަތަމަ ހާފްގައި ބާސާއަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑީނިއޯ ގޯލް ޖަހައިދީފައިވާއިރު، އޭނާގެ ހުނަރު މުޅި މެޗުގައިވެސް ފާހަގަކޮށްލެވުނެވެ. ކުރިއަށްވުރެ ހަށިގަނޑު ބަރުކޮށް ފެނުނު ނަމަވެސް ރޮނާލްޑީނިއޯގެ "ނޯ ލުކް" ޕާސްތަކުގެ އިތުރުން ފުރިހަމަ ކޮންޓްރޯލް ތަކާއި ބާރު ހަމަލާތައް ވީ މެޗުގައި އެންމެ ޝައުގުވެރިކަން ބޮޑުވި ކަންތައްތަކަށެވެ. ހާއްސަކޮށް އޭނާގެ ހިތްގައިމު ހިލޭ ޖެހުމަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ހާފުގެ މެދާ ހަމައިން ރޮނާލްޑޯނިއޯ ފޮނުވާލި ހިލޭ ޖެހުން ގޯލްކީޕަރަށް މަތަކުރެވުނީ ކިރިޔާއެވެ. އެ ހިލޭ ޖެހުމުން ހަނދާން އާ ކޮށްލީ ވޯލްޑް ކަޕްގައި އިންގްލެންޑް ކޮޅަށް ރޮނާލްޑީނިއޯ ޖެހި ހިތްގައިމު ހިލޭ ޖެހުން މަތިންނެވެ. ދާދި ފަހުން ޕެރަގުއޭގެ ޖަލުގައިވެސް ރޮނާލްޑީނިއޯ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، އޭނާ ބާސާ ޖާޒީގައި ފެނުން ވީ ގިނަ ބަޔަކަށް ހިތްހަމަ ޖެހުމަކަށެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ޕެޑްރޯ މުނިޓިސް އާއި އަލްފޯންސޯ ޕެރޭޒް ޖެހި ގޯލުން ރެއާލް މެޗުގެ ލީޑު ނެގި ނަމަވެސް ޖޮފްރޭ މަޓެއޫ ވަނީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ރެއާލް މޮޅުވި ގޯލް ޖެހީ ރުބެން ޑެ ލަ ރެޑެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު