ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމޯޖީ އަކީ ވަރަށް ގިނައިން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
މިއަހަރުގެ އެޑޯބީ ގްލޯބަލް އެމޯޖީ ޓްރެންޑް ރިޕޯޓު ނެރެފައިވާއިރު، މިރިޕޯޓު އެކުލަވައިލުމަށް އެމެރިކާ، އިނގިރޭސި ވިލާތް، ޖަރުމަނު، ފްރާންސް، ޖަޕާން، އޮސްޓްރޭލިއާ، އަދި ސައުތުކޮރެއާއިން ޖުމުލަ 7000 މީހުން ބައިވެރިކޮށްގެން ވަނީ ސާވޭ ކޮށްފައެވެ.
މި ރިޕޯޓަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަގުބޫލު އެމޯޖީއަކީ ''ލާފް-ކްރައި'' އެމޯޖީއެވެ. ދެވަނައަށް ''ތަމްބްސް އަޕް'' އަންނައިރު ތިންވަނައަށް އައިސްފައިވަނީ ''ރެޑް ހާޓް'' އެމޯޖީއެވެ. ހަތަރުވަނަ އަދި ފަސް ވަނައަށް ''ވިންކިންގް ކިސް'' އަދި ސޭޑް ފޭސް ވިތު އަ ޓިއަ'' ވަނީ އައިސްފައެވެ.
އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް ޑިޖިޓަލް މުއާމަލާތް ކުރުންތަކުގައި މިޒަމާނުގައި އެމޯޖީއަކީ މުހިއްމު ރޯލެއް ކުޅެދޭ އެއްޗެކެވެ.
ދިރާސާގެ ބައިވެރީންގެ 10 މީހުންގެ ތެރެއިން 9 މީހުން ބުނެފައިވަނީ މެސެޖުން ވާހަކަ ދައްކާއިރު ބުނެދޭން ބޭނުންވާ އެއްޗެއް ނުވަތަ ޝުއޫރެއް ފާޅުކޮށްލުމަށް އެމޯޖީ ބޭނުން ކުރުމުން ފަސޭހަ ވާ ކަމަށެވެ. 89 ޕަސެންޓް މީހުން ބުނާ ގޮތުގައި ތަފާތު ބަހުރުވައިން ވާހަކަ ދައްކާ މީހުންނާ ދެމެދު މުއާމަލާތް ކުރުމުގައި އެމޯޖީގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެން ދެއެވެ. 88 ޕަސެންޓް މީހުން ބުނާ ގޮތުގައި އަނެކާގެ އިހުސާސުތައް ދެނެގަތުމަށް އެމޯޖީ ބޭނުން ކުރުމުން ފަސޭހަވެގެން ދެއެވެ.
މިދިރާސާއިން އެނގުނު ގޮތުގައި އެމޯޖީ ބޭނުން ކުރުމުން އަނެކާއަށް އުފާވެރިކަން ގެނެސްދެއެވެ. ދިރާސާގެ ދެބައިކުޅަ އެއްބައި މީހުން ވަނީ އެމޯޖީ ބޭނުން ކޮށްގެން މުއާމަލާތް ކުރުމުން އެމީހުންގެ ސިކުނޑިއަށް ހަމަޖެހުން ގެނުވާ ކަމަށާއި އުފާވެރިކަން ގެނެސްދޭ ކަމަށް ބުނެފައެވެ.
ސާވޭގައި ބައިވެރިވި ތިންބައިކުޅަ ދެބައި މީހުން ބުނީ އެމޯޖީ ބޭނުން ނުކުރާ މީހުންނާ އަޅައި ބަލާއިރު އެމޯޖީ ބޭނުން ކުރާ މީހުންނަކީ މަޖާ، މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ ބައެއްގެ ގޮތުގައި ސިފަ ކުރެވޭ ކަމަށެވެ. އަދި ސާވޭގައި ބައިވެރިވި ގިނަ މީހުން އެއްބަސްވާ ގޮތުގައި ގުޅައިގެން ވާހަކަދެއްކުމަށްވުރެ މެސެޖުން ވާހަކަދައްކާއިރު އެމޯޖީ ބޭނުން ކޮށްގެން ޝުއޫރުތައް ފާޅުކުރުމަށް ފަސޭހަވެގެން ދެއެވެ.
ދިރާސާގެ 76 ޕަސެންޓް މީހުން ބުނާ ގޮތުގައި ގުޅުންތައް ރަނގަޅު ކުރުމަށާއި، އެއްބައިވުން އާލާކުރުމަށް އަދި އެކަކު އަނެކަކު ބޮޑަށް ދެނެގަތުމަށް އެމޯޖީއަކީ ވަރަށްވެސް މުހިއްމު ބައެއް ކުޅެދޭ އެއްޗެކެވެ. މީގެ އިތުރުންވެސް މުޖުތަމައުގައި ހިނގާ މައްސަލަތަކުގެ ވާހަކަތައް ދެއްކުމަށްވެސް އެމޯޖީ އެހީތެރިވާ ކަމަށް މި ދިރާސާގެ ކޮންމެ 10 މީހެއްގެ ތެރެއިން 7 މީހުން ވަނީ އެއްބަސްވެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް