ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 216 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކު މިރޭގެ ވަގުތެއްގައި ވަނީ މަރުވެފައެވެ. ނަމަވެސް އޭނާގެ އުމުރު އަދި ކަށަވަރެއް ނުވެއެވެ.
ފަހަކަށް އައިސް ކޮވިޑުގެ އަދަދުތަކާއެކު، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައިވަނީ ފަސް މީހެކެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 216 އަށް އަރައިފައެވެ. ކޮވިޑުގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 199 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު