އޮލިމްޕިކްސްގައި މިއަހަރު ބައިވެރިވާ ދިވެހި އެތުލީޓުންނަށް މަތީ ފަންތީގެ ފާމަސޫޓިކަލް ބްރޭންޑެއް ކަމަށްވާ މުލާގެ އުފެއްދުންތައް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހަދިޔާ ކޮށްފި އެވެ.
އެސްޓީއޯ އިން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޮލިމްޕިކްސް ކޮމިޓީއާ މިތަކެތި ހަވާލު ކޮށްދެއްވީ އެސްޓީއޯ މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖަރު ހުސައިން ރާއިދު މުހައްމަދެވެ.
މުލާގެ އުފެއްދުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ކުޅުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މީގެ ތެރޭގައި ބެންޑޭޖާއި ހުޅުގަޑާއި ޓޭޕް ފަދަ ތަކެތި ހުރެ އެވެ. އޭގެ އިތުރުންވެސް އެތައް ސާމާނެއް ހުރެ އެވެ.
މިއަހުރުގެ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޓޯކިޔޯގަ އެވެ.