ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިމި، އެ ތަނުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަމަށް ބަދަލުކޮށް ހިންގުން އެތަނަށް ބަދަލުކޮށްފި އެވެ.

މަރާމާތަށް ފަހު ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރިން ހިންގި އިމާރާތައް ބަދަލުކުރާއިރު އެ އިމާރާތުގެ ނަން މިހާރު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަމަށް ނިސްބަތްކޮށް "ފަތުހުﷲ ޖަމީލްގެ ބިލްޑިންގް"ގެ ނަމަށް ބަދަލުކޮށްފައެވެ.

އެ އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިދެއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އިމާރާތްކޮށްފައިވާ އެ އިމާރާތުގެ ބައެއް ތަންތަން ހަލާކުވާން ފެށުމުން ޗައިނާގެ އެހީގައި އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެ އިމާރާތް މަރާމާތަށް ބަންދުކުރުމުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައީ ހުޅުމާލޭ ފެރީ ޓާމިނަލްގެ އިރުމަތީ ފަރާތުގައި އެމްޓީސީސީން އަލަށް ހެދި އިމާރާތުގަ އެވެ.