ބަތަލާ ދިޔާ މިރްޒާ އަށް ކުއްޖަކު ލިބިއްޖެއެވެ.
މިދިޔަ މެއި މަހުގެ 14ވަނަ ދުވަހު އޭނާއަށް ފިރިހެން ކުއްޖަކު ލިބިފައިވާކަން އާއްމުކޮށްފައިވަނީ މިއަދެވެ.
ދިޔާ އަދި ވައިބާވް އަށް ލިބިފައިވާ ފިރިހެން ދަރިފުޅަށް ވަނީ އަވްޔާން އަޒާދު ރެކީގެ ނަން ދީފައެވެ. ދެމަފިރީންނަށް ކުއްޖަކު ލިބުނު ވާހަކަ އާއްމުކޮށްފައިވަނީ މިއަދު އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އިމަޖެންސީކޮށް ސިޒޭރިއަން ހަދަން ޖެހި އަވްޔާން ލިބިފައިވަނީ ދުވަސް ނުފުރައި ކަމަށް ދިޔާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އޭގެ ކުރިން ބަލިވެ އިންދާ އިމަޖެންސީކޮށް އެޕެންޑިކްސް އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށާއި އެއަށްފަހު އިންފެކްޝަނެއް އުފެދި ފުރާނައަށް ނުރައްކާވާ ހާލަތަށް ކަންތައް ދިޔަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އޭނާއަށް ފަރުވާކުރި ޑޮކްޓަރުގެ ފުރިހަމަ ބެލުމުގެ ދަށުން، ސިޒޭރިއަންގެ ކަންތައް ރަނގަޅަށް ގޮސްފައިވާކަން ދިޔާ ވަނީ ފާހަގަކޮށްފައެވެ.
ދަރިފުޅަށް މިހާރުވެސް އެންއައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި، ހިދުމަތްކުރުމުގައި ދެމި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކޮށް ދިޔާ ވަނީ ތައުރީފުކޮށްފައެވެ.
މީގެ އިތުރުން އޭނާއަށް ހެޔޮ އެދޭ ފަރާތްތަކަށްވެސް ޝުކުރު އަދާކޮށް، ކުއްޖަކު ލިބުނުކަން ކުރިން ހާމަކުރެވެން އޮތް ނަމަ އެކަން ހާމަ ކުރީސްކަމުގައި ދިޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން