ބޮޑެތި ރޯލުތައް ލިބެންދެން މަޑުކޮށްގެން ހުންނާނެ ތަނަވަސް ކަމެއް ނެތް ކަމަށް ފިލްމީ ތަރި ޖިމީ ޝާގިލް ބުނެފިއެވެ.
ބޮލީވުޑް ތަރި ޖިމީ ޝާގިލް މިހެން ބުނެފައި މިވަނީ ފިލްމީ ކެރިއަރާ ބެހޭ ގޮތުން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ.
ބޮލީވުޑުގައި މެދުނުކެނޑި 25 އަހަރު ހޭދަކޮށްފައިވާ ޝާގިލް ބުނީ ހީރޯގެ ރޯލެއް ލިބެންދެން މަޑު ނުކޮށް، އޭނާއަށް ލިބޭ މުހިއްމު ރޯލުތައް ކުޅެން އެއްބަސްވަމުން އައިސްފައިވާ ކަމަށެވެ.
1996 ވަނަ އަހަރު ''މާޗިސް'' އިން ފިލްމީ ދާއިރާއަށް ނުކުތް ޖިމީ އަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ 2000ވަނަ އަހަރު ''މުހައްބަތޭން'' އިންނެވެ. މީގެ އިތުރުން މަޝަހޫރު ފިލްމް ''މުންނާބާއީ އެމްބީބީއެސް''، ''ހަމް ތުމް''، ''ތަންނޫ ވެޑްސް މަންނޫ'' އަދި ''ސްޕެޝަލް 26'' ގައި ސަޕޯޓިން ރޯލުތަކުން ޖިމީ ވަނީ މޮޅު ހުށަހެޅުންތަކެއް ދައްކައިދީފައެވެ.
މިހާ ދިގު މުއްދަތެއްވަންދެން ބޮލީވުޑުގައި ހިފަހައްޓާލީ ކިހިނެއްތޯ އޭނާއާ ކުރެވުނު ސުވާލަށް ޖިމީ ބުނެފައިވަނީ ތަފާތު ގިނަ ހާލަތުތަކާ ކުރިމަތިލާން އޭނާއަށް ޖެހުނު ކަމަށެވެ. ލިބޭ ރޯލުތަކުގެ ތެރެއިން މިހާތަނަށް އޭނާއަށް ކުޅެން ނިންމިފައިވަނީ އެވަގުތަކަށް އެންމެ ރަނގަޅު ރޯލުތައް ކަމަށް ގަބޫލުކުރާ ކަމަށްވެސް ޖިމީ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން