ލ ގަމާއި، އެރަށާއި ގުޅިފައިވާ ފޮނަދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން ގަން-ފޮނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ފޮނަދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ، ގަން-ފޮނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލެވިފައިވާ ކަމަށް އެޗްޕީއޭއިން މިއަދު އިއުލާން ކޮށްފައިވާ ކަމަށެވެ. މޮނިޓަރިންގެ ހާލަތު އުވާލާފައިވީ ނަމަވެސް ރައްކާތެރިކަމުގެ ގޮތުން، މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ސިއްހީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް 19ގެ ރާޅާއެކު ލ. ފޮނަދޫ މޮނީޓަރިންގައި މި ހޭދަވި 80 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިތްވަރާއި، ދެއްކި ނަމޫނާއަށް ސިއްހީ މަރުކަޒުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގަން- ފޮނަދުއިން 400 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން މަދު މީހެއް ފިޔަވައި އެހެން އެންމެން ވަނީ ބަލިން ފަސޭހަވެފައެވެ.