މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ، އެ މާރާމާރީގެ މައުލޫމާތު ލިބުނީ މިރޭ 21:50 ހާއިރު ކަމަށެވެ. އެއީ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި ތޫނުއެއްޗެއް ބޭނުންކޮށްފައިނުވާ ކަމަށެވެ.
އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އޭނާގެ ބޮލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު