ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓް ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް އެ ކޮމެޓީގެ އަޣުލަބިއްޔަތުން ފާސްކުރުމަށް ފަހު އިއްޔެ ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ރޭ 8:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންކުއަރީ ރިޕޯޓަށް ބަހުސް ކުރުމަށް ފުރުސަތަށް އެދުނު ހުރިހާ މެންބަރުންނަށްވެސް ވަނީ ފުރުސަތު ދީފައެވެ. އަދި ޖުމުލަ 45 ރެކޮމެންޑޭޝަނެއްގެ މައްޗަށް އެކުލެވޭ އެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައި ވަނީ އެ ވަގުތު ތަޅުމުގައި ތިއްބެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
އިންކުއަރީ ރިޕޯޓް ފާސްކުރުމަށްފަހު މަޖިލިސް ރޭ ނިންމާލާފައި ވަނީ ހަތަރެއް ޖަހައި ބޮޑުވި ފަހުންނެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ ތިން ވަނަ ދައުރުގެ ފެށޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު