އޮކްސްފޯޑް ޔުނިވާސިޓީން އެޗްއައިވީއަށް އުފައްދާ ވެކްސިންގެ އަޖުމަ ބެލުމުގެ ތަހުލީލުތައް ފަށައިފިއެވެ.
މި ތަހުލީލުތަކުން އެޗްއައިވީ-1 ވޭރިއަންޓާ ދެކޮޅަށް އެ ވެކްސިން މަސައްކަތްކުރާ މިންވަރު އެނގިގެންދާނެއެވެ.
އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ، އެޗްއައިވީ ޖެހިފައި ނުވާ، ސިއްހަތު ރަނގަޅު 13 މީހަކު ބައިވެރިކޮށްގެން ކުރިއަށްގެންދާ މި ތަހުލީލު މަރުހަލާގައި ވެކްސިންގެ އެއް ޑޯޒު ދިނުމަށްފަހު އޭގެ ހަތަރު ހަފުތާ ފަހުން ބޫސްޓާ ޑޯޒެއް ދޭނެއެވެ.
ނަމަވެސް މި ތަހުލީލުތަކަކީ ވެކްސިންގެ އަޖުމަ ބެލުމަށް ކުރިއަށް ގެންދާ ތަހުލީލުތަކުގެ ފުރަތަމަ މަރުހަލާކަމުން އޭގެ ނަތީޖާތައް ލިބޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި އެ ތަހުލީލުގައި އިސްކޮށް ހަރަކާތްތެރިވާ ތޯމަސް ހޭންކު ވިދާޅުވި ގޮތުގައި މިދިޔަ 40 އަހަރު އެޗްއައިވީއަށް ވެކްސިނެއް އޮތީ ބޭނުންވެފައެވެ. އަދި އެ ޔުނިވާސިޓީން ފެށި ތަހުލީލުތަކަކީ އެޗްއައިވީ ޖެހިފައިވާ ނުވާ މީހުން ބައިވެރިކޮށްގެން ތަހުލީލުތައް ފެށި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވިއެވެ.
އެޗްއައިވީން ދިފާއުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅި ނަމަވެސް، ދުނިޔޭގައި އެ ބަލިޖެހެމުން އަންނަ ނިސްބަތް އަންދާޒާ ކުރިވަރާ ގާތަށްވެސް ދަށްކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެއިޑްސްގެ ވަބާ ފިލުވާލުމަށް އެޗްއައިވީ-1 ވެކްސިނަކީ މުހިއްމު އެއްޗެއް ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ