ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދާ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ 'ނަފްރަތުގެ ބިލަށް' ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ރައީސް ސޯލަށް މިހާރު އިތުބާރެއް ނެތް ކަމަށާއި އެހެންކަމުން އިސްތިއުފާ ދެއްވުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމަށް. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވަނީ ސަރުކާރުން ނަފުރަތުގެ ބިލު މަޖިލީހަށް ފޮނުވީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގެ ފޯކަސް ގެއްލުވާލަން ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
"ސަރުކާރުން މި ބިލު ފޮނުވާފައި ސަރުކާރުގެ އިދާރާތުން މި ބިލާ އިދިކޮޅަށް ވާހަކަ ދައްކަވާފައި ދައުލަތުގެ މީޑިއާ ބޭނުން ކޮށްގެން އެ ހުރިހާ ބަދުނާމެއް ހިސާންގެ ބޮލުގައި އެޅުވީ. ބޭނުމަކީ ރައީސް ނަޝީދުގެ ތަހުގީގު މިސްރާބު އެހެން ދިމާލަކަށް އަނބުރާލާފައި ބޮން ގޮއްވި މީހުން ސަލާމަތް ކޮށްދިނުން،" ބޮންޑޭ ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި ސަރުކާރުގެ އެތެރޭގައި ތިބި ބައެއްގެ އަތެއްވާ ކަމަށް ތުހުމަތު ކުރައްވައި، ބޮންޑޭ ވިދާޅުވީ، ހިސާން ހުސެއިން އަވަހާރަ ކޮށްލަން ރާވާފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރުން ބިލު ފޮނުވުމަށްފަހު އެ ބިލާ އިދިކޮޅަށް ވާހަކަ ދައްކައި އެކަމުގެ ބަދުނާމު ހިސާނުގެ ބޮލުގައި އެޅުވުމުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު