ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެހްއާރުސީއެމް)އަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 14 ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިްޔާ އޮނުއްވި ސިޓީ ފުޅާއެކު އެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާ އެވެ.

  • ސަމާއު އަހުމަދު ނަޖީބު، އަސޭގެ، ގދ. ތިނަދޫ
  • އަހުމަދު އަމީޒު، ޖޭމުގަސްދޮށުގެ، ގދ. ހޯޑެއްދޫ
  • މުސްތަފާ ހަމީދު ކަނީރުމާގެ، ރ. އަނގޮޅިތީމު
  • ޝަރުމީލާ އަބުދުލްޣަފޫރު، ދިލްކަޝްގެ، ޅ. ހިންނަވަރު
  • އިބްރާހިމް ހަމްޒާ ހަލީލު، ގ. ސުރުމުތި
  • ފާތުމަތު ސައުޝަން މ. ވެންކޫވާ
  • އަހުމަދު ނަޝީދު ހުސެއިން ދަފްތަރު 1890
  • މުހައްމަދު ސުނާދު އަހުމަދު ލަތީފް، މއ. އުރަދު
  • ޝުކުރުﷲ ޝަކީލް، ސިޔާމާ މަންޒިލް، އއ. ފެރިދޫ
  • ޑރ. މުހައްމަދު އިބްރާހީމް، ޖަވާހިރު އައްސޭރި، އދ. މާމިގިލި
  • ހަސަން ރަޝީދު، ފްލާވާގެ ސ. މަރަދޫ
  • މަރިޔަމް ސައީދާ އިބްރާހިމް، މ. ކޮކާ ހަނދުވަރުގެ
  • ޑރ. އައިޝަތު އިކްރާމް، މ. ކާނިމާގެ
  • އިބްރާހިމް ތޮއްޔިބު، ކުއްޅަވައްގެ ސ. ހުޅޫދޫ