ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލައިފިއެވެ.
ކޮވިޑުގެ ހާލަތު ގޯސްވެ މާލޭގައި ކާފިއު ހިންގަން ފެށީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ހާލަތު މަޑުމަޑުން ރަނގަޅުވުމުން އަންނަ ވަރަކަށް ކާފިއު ގަޑިތަކަށް އައީ ލުއި ދެމުންނެވެ. އެގޮތުން މިއަދާ ހަމައަށް ކާފިއު ހިންގަމުން އައިސްފައި ވަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަކަށެވެ.
ނަމަވެސް މިހާރު މާލޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުން އެޗްޕީއޭ އިން ވަނީ މާދަމާ އިން ފެށިގެން ކާފިއު ވަގުތު އުވާލަން ނިންމައިފައެވެ.
އެއާއެކު ކެފޭ/ ރެސްޓޯރަންޓް ފަދަ ތަންތަނުން އިން-ޑައިނިން ރޭގަނޑު 11:30 ވަންދެން ކުރިއަށް ގެންދެވޭނެއެވެ. އަދި ހާއްސަ ގައިޑްލައިނާ އެކު ސިނަމާތައްވެސް ހުޅުވާލަން ނިންމާފައިވާ އިރު، ޓިއުޝަން އަދި ޤުރުއާން ކުލާސްތަކަށާއި ޑޭކެއާ ސެންޓަރުތައްވެސް ހުޅުވާލަން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ހުރިހާ ކުޅިވަރަކާއި ކަސްރަތުގެ ހަރަކާތްތައް ކަނޑައެޅިފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން ހުއްދަ ދީފައިވީ ނަމަވެސް، ކުޅިވަރު މުބާރާތްތައް ބޭއްވުން އަދިވެސް ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު