ވެކްސިން ފުރިހަމަ ކޮށްފައި ތިބި ރިސޯޓް މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުން މިގޮތަށް ހަމަޖައްސާފައި މިވަނީ ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަނބިދަރިންނާ ބައްދަލުނުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ރިސޯޓު މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީސީއާރު ޓެސްޓް ނެގެޓެވް މުވައްޒަފުންނަށް ކަރަންޓީނަކާ ނުލައި ރަށަށް ދަތުރުކުރެވޭނެ ގޮތަށް ރައީސް ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.
ނަމަވެސް މޮނީޓަރިންގައި އޮންނަ ރިސޯޓް ނުވަތަ ރަށަކަށް އެގޮތަށް ދަތުރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ބައެއް ލުއިތައް ދިން ނަމަވެސް، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެއްވެސް ލުޔެއް ދީފައެއްނުވެއެވެ. އެފަހަރު ލުއި ދީފައި ވަނީ ކޮވިޑުން ރަނގަޅު ވެފައިވާ މީހުންނަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރު ކުރެވޭ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު