ހޮލީވުޑްގެ މަޝްހޫރު އެކްތަރު ލިއޮނާޑޯ ޑިކެޕްރިއޯއާ ބައްދަލުވި ދުވަހު ކަންތައްވީ ގޮތުގެ ވާހަކަ އަނޫޕާމް ކޭރު ކިޔައިދީފިއެވެ.
އަނޫޕާމް އެ ވާހަކަ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައި ވަނީ ލިއޮނާޑޯއާ އެކު ނަގާފައިވާ ފޮޓޯއަކާއެކުއެވެ.
އަނޫޕާމް ބުނީ، މީގެ އަހަރުތަކެއް ކުރިން ލޮސް އެންޖަލިސްގައި ލިއޮނާޑޯއާ ބައްދަލުވެ އޭނާއަކީ އިންޑިއާގެ އެކްޓަރެއް ކަމަށް ބުނެ ތައާރަފުވި ކަމަށެވެ. އަދި ޖަވާބުގައި އޭނާއަށް އެކަން އެނގޭ ކަމަށް ބުނެ، ލިއަނާޑޯ ލޯބިން ބައްދާލި ކަމަށާއި ލިއޮނާޑޯއަކީ ވަރަށް އޯގާތެރި ރަނގަޅު މީހެއް ކަމަށްވެސް އަނޫޕާމް ބުންޏެވެ.
އަނޫޕާމް ބުނި ގޮތުގައި، އެކްޓަރަކަށް ވުމުން އޭނާ އެންމެ އުފާވާ ކަމަކީ ދުނިޔޭގެ ކޮންމެ ތަނަކުންވެސް އެހެން އެކްޓަރުންނާ ބައްދަލުވެ އެކަކު އަނެކަކާ ދެމެދު ރަނގަޅު ގުޅުމެއް އުފެދުމެވެ.
އަނޫޕާމްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާ އިރު ''ދަ ލާސްޓް ޝޯ''، ''މުންގިލާލް ރޮކްސް''، ކަޝްމީރް ފައިލްސް ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން