ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމުގައި މީގެ ކުރިން ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ އިސްމާއީލް ނަވީން، އެ މަގާމުން ވަކި ކޮށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެމަގާމަށް އައްޔަންކޮށް ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ އިސް ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ، މިއަދުން ފެށިގެން އެ ބަދަލު ގެނެސްފައި ވަނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށެވެ.
އެގޮތުން ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމުގައި މީގެ ކުރިން ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ އިސްމާއީލް ނަވީން ވަނީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވައިފައެވެ.
އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައިވާއިރު ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަޙްމާންއެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު