ގދ. ތިނަދޫގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، 24 ގަޑިއިރު ކާފިއު ހިންގަން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެރަށުގެ ކޮވިޑުގެ ހާލަތު ގޯސްވެ، 24 ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓުތައްވެސް ހަފުތާއަކަށް ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
- ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުން
- ސަރުކާރު އޮފީސްތަކުގައި މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުތްދިނުން
- އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުން
- ފުލުހުން ދޭ ޓައިމް ބައުންޑް ޕާމިޓް ނެތް ފަރާތްތަކުން ޓެކްސީ ކުރުން މަނާވާނެ
- ފިހާރަތަކުން ޑެލިވަރީގެ ކުރެވޭ ވަގުތު ހެނދުނު 8 އިން ރޭގަނޑު 9 އަށް ކުޑަކުރުން
- ކެފޭ/ ރެސްޓޯރެންޓުތަކަށް ޑެލިވަރީ ކުރެވޭ ވަގުތު ހެނދުނު 8 އިން ރޭގަނޑު 10 އަށް ކުޑަކުރުން
- މަސްވެރިކަމަށް ފުރާ ދޯނިތައް އެނބުރި ރަށަށް އައި ނަމަވެސް, އެއްގަމަށް ނޭރޭނެ
- ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް އެއް ހަފުތާގެ މުއްދަތަށް ހުއްޓާލުން
ތިނަދޫގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ އިރު، އެރަށުން މިއަދުވެސް ވަނީ 19 މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުން މިހާތަނަށް 745 މީހަކަށް ކޮވިޑު ޖެހިފައިވާ އިރު، ތިން މީހަކު ވަނީ މަރުވެފައެވެ.
އެރަށުގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 267 މީހުންނެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދެނީ އެކަކަށެވެ. އެރަށުން ބަލިން ރަނގަޅުވެފައި ވަނީ 478 މީހެކެވެ. މިވަގުތު އެރަށު 219 ގެއެއް ކަރަންޓީނުކޮށްފައި އެބަ އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު