ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އޭނާއަށް ފިޔަވަޅު އެޅި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާން ޝައިހް އަލީ ޒައިދު ނިންމަވައިފިއެވެ.
އެމްއެންޔޫ އިން ވަނީ ޒައިދު ކޮށްފައިވާ ޓުވީޓުތަކަކާ ގުޅިގެން އޭނާއަށް ފިޔަަވަޅު އަަޅައިފައެވެ. އެކަމާ ގުޅިގެން ޒައިދު ވިދާޅުވީ އޭނާ ކުރި ޓުވީޓުތަކަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާއާމެދު ފިޔަވަޅު އަޅާފައިވާ ކަަމަށެވެ.
އެގޮތުން މިއަހަރުގެ ކުރީކޮޅުގައި އަނގަބަހުން ނަސޭހަތްދިނުމަށް ފަހު، މިދިޔަ މަހުގެ ދެ ވަނަ ދުވަހު ލިޔުމުންވެސް އިންޒާރު ދީފައިފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު ރޭ "ވަން" އަށް ވިދާޅުވީ، އޭނާއާ މެދު އެމްއެންޔޫ އިން ފިޔަވަޅު އަޅާފައިވަނީ އިންސާފުން ބޭރުން ކަމަށާއި ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ދެއްކި އެއްވެސް ވާހަކައަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑު މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ޓްރައިބިއުނަލަށް މި މައްސަލަ ވެއްދުމަށް. ވަރަށް އަވަހަށް ވައްދާނަން" ޒައިދު ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޒައިދު އިތުރަށް ވިދާޅުވީ، އޭނާއާ މެދު ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ގައުމީ ޔުނިވާސިޓީން ޒައިދަށް ފިޔަވަޅު އަޅާފައިވާ އިރު، އެ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އެ ޔުނިވާސިޓީގައި އަދާކުރަމުންދިޔަ ވަޒީފާ އިން ވަނީ ވަކިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު