މަނީ ލޯންޑަރިންގެ މައްސަލައެއްގައި ބަތަލާ ޔާމީ ގޯތަމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ކޯޓަށް ހާޒިރުވުމަށް ޔާމީއަށް އަންގާފައިވަނީ މިއަދު އެވެ.
އޭނާ ކޯޓަށް ހާޒިރު ކުރަނީ ފޮރިން އެކްސްޗޭންޖް މެނޭޖްމަންޓް ގާނޫނާއި ހިލާފަށް އަމިއްލަ އެކައުންޓަށް ވަދެފައިވާ 1.5 ކުރޯޑް އިންޑިއަން ރުޕީސްގެ ތަފުސީލު ހާމަކޮށްފައި ނުވާ މައްސަލައިގަ އެވެ.
މިއީ މި މައްސަލައިގައި ޔާމީ ކޯޓަށް ހާޒިރުވާން އެނގި ދެވަނަ ފަހަރެވެ. ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ފުރަތަމަ ފަހަރު ޔާމީ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން