ބަތަލާ މަންދިރާ ބޭދީގެ ފިރިމީހާ ރާޖް ކައުޝަލް މަރުވެއްޖެއެވެ.
ރާޖް ކައުޝަލް މަރުވެފައިވަނީ އިއްޔެ އިރާކޮޅުގެ ވަގުތެއްގައި ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ފިލްމު ''މައި ބްރަދާ ނިކިލް'' ގެ ޕްރޮޑިއުސަރު ރާޖް ކައުޝަލް އަކީ އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި ގިނަބައެއްގެ ލޯބި ހޯދާފައިވާ މީހެކެވެ. މަންދިރާ ބޭދީ އަދި ރާޖްގެ ޖޯޑަކީ ގިނަބަޔަކަށް ނަމޫނާ ދައްކަމުން އަންނަ ވަރުގަދަ ގުޅުމެއް އުފެދިފައިވާ ގުޅުމެކެވެ. މިދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު، މިދިޔަ އަހަރު ވަނީ ކުޑަ އަންހެންކުއްޖަކު އެޑޮޕްޓުކުރިކަމުގެ އުފާވެރި ހަބަރު އެ އާއިލާއިން މީޑިއާގައި ހިއްސާކޮށްފައެވެ.
ރާޖްގެ ކުއްލި ވަކިވުމާއެކު ގިނަ ތަރީންތަކެއް އަންނަނީ އޭނާ މަތިން ހަނދާންކޮށް މީސްމީޑިއާގައި ޕޯސްޓުތައް ކުރަމުންނެވެ. އަދި މަންދިރާގެ މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ގިނަ ޓީވީ ތަރީން ރާޖްގެ ޖަނާޒާގެ ކަންތައް ކުރިއަށްދިޔައިރު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން