އިންޑިއާގެ ޓީވީ ތަރި ޕާލް ވީ ޕޫރީގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ދައުވާއަށްފަހު ފުރަތަމަ ފަހަރަށް އޭނާ ވާހަކަ ދައްކައިފިއެވެ.
އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ޕާލް ބުނެފައިވަނީ މިދައުވާގެ ސަބަބުން އެއް ދުވަހުން އޭނާ ކުއްލިއަކަށް މުޖުރިމަކަށް ހަދާލފައިވާކަމަށެވެ.
ޕާލް ބުނެފައިވާ ގޮތުގައި އޭނާގެ މާމަ އާއި ބައްޕަ ކައިރި ކައިރީގައި މަރުވުމުގެ ހިތާމައިން އަރައި ނުގަނެވި އުޅެނިކޮށް މަންމައަށް ކެންސަރު ޖެހި ފަރުވާކުރަން ޖެހުނުއިރު، އޭނާގެ މައްޗަށް ރޭޕްގެ ދައުވާއެއް ކުރުން ވީ ހަޔާތް އެފުށް މިފުށަށް ޖަހާލި ކަމަކަށެވެ.
''ދިރިއުޅުމުގައި ތަފާތު ގޮތްގޮތަށް މީހުން އިމްތިހާނު ކުރޭ. މާމަ މަރުވެގެންދިޔަތާ 17 ވަނަ ދުވަހު ބައްޕަ މަރުވި ހަބަރު އަދި އޭގެ ފަހުން މަންމަ ކެންސަރަށް ފަރުވާކުރަން ޖެހުނުކަން އެނގުމުގެ އިތުރުން ރޭޕްގެ ދައުވާކުރުން ވީ ބިރުވެރި ހުވަފެނެއްގައި އުޅެވުނު ކަހަލަ ކަމަކަށް.'' ޕާލް ބުނެފައިވެ އެވެ. އަދި މިއީ އޭނާ ބަލިކަށިކޮށްލި ކަމެއް ކަމަށާއި، ނަމަވެސް އޭނާގެ ދިފާއުގައި ދެމި ތިބި މީހުންނަށް ޝުކުރު އަދާކުރަން ބޭނުންވާ ކަން ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ކުށުގައި ޖޫން 4 ވަނަ ދުވަހު ޕާލް ހައްޔަރުކޮށް 15 ވަނަ ދުވަހު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ. މި މައްސަލައިގައި އޭނާގެ ދިފާއުގައި ޓީވީ އިންޑަސްޓްރީގެ ގިނަ ތަރިންތަކެއް ވަނީ ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި ޕްރޮޑިއުސަރު އެކްތާ ކަޕޫރުވެސް ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން