ކޮވިޑުގެ ބަލި މަޑުކަމާއެކު ގިނަ ރަށްތަކެއް މޮނިޓަރިން އަށް ލާފައި ވުމާއި މާލެ އައިސް އަނބުރާ ރަށަށް ގޮސް 14 ދުވަހު ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހުމުން ގިނަ ބަޔަކު މާލެ އަންނަން ބޭނުމެއް ނުވެ އެވެ. މިހާލަތުގައި ސްކޫލްތައް ހުޅުވުނު ނަމަވެސް ކިތަންމެ ގަންނަން މުހިންމު އެއްޗެއް ނަމަވެސް ބަލަނީ އޮންލައިންކޮށް އޯޑަރު ކޮށްގެން ގެނެވޭތޯ އެވެ. އެއީ ފޮތް ލިސްޓަކަސް ޔުނީފޯމަކަސްމެ އެވެ.

މިފަހަރުގެ ފޮތް ލިސްޓު ނަގަން ނޮވެލްޓީ އިން މިވަނީ ވަރަށް ފަސޭހަ ކޮށްދީފަ އެވެ. ގޭގައި ތިބެ ފޮތް ލިސްޓު ވައިބާ ކޮށްލުމުން އެހިސާބުން އެ ނިމުނީ އެވެ. މާލެ އައިސް ފޮތް ލިސްޓަށް ފޮތް ނަގައިގެން އެ ކޮނޑަށްލައިގެން މާލޭ ގެ ކާރޫ ބާރޫ ބޮޑު މަގުތަކުގައި ހިނގާކަށް ނުޖެހޭނެ އެވެ. ނޮވެލްޓީ ބުކް ޝޮޕުން ބޭނުންވަނީ ރަށަށް ފުރާ ބޯޓުގެ ނަމާއި ފުރާ ދުވަހެކެވެ. ފޮނުވަންވީ އެޑްރެހެވެ. މިއީ މިފަދަ ބަލިމަޑުކަމެެއްގެ ތެރެއިން ކިހާ ފަސޭހަ ގޮތެއްތޯ އެވެ.

ނޮވެލްޓީ ބުކްޝޮޕްގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ މި ޕެންޑެމިކްގައި އެންމެ ރައްކާތެރިވާނީ ގޭގައި ތިބެގެން އޮންލައިންކޮށް އޯޑަކޮށްގެން ފޮތް ލިސްޓަށް ފޮތް ނެގުން ކަމަށެވެ. އެހެންކަމުން ނޮވެލްޓީ ބުކްޝޮޕަށް ވައިބާ ކޮށްލުމުން ގެއަށް ފޮތްތައް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރަށްރަށުގައި ތިބެގެންވެސް ފޮތް ލިސްޓު ވައިބާ ކޮށްލުމުން ބޯޓަށް ޑެލިވާ ކޮށްދޭނެ ކަމަށެވެ. އަދި ރަށްރަށުގެ ކްލަބު ޖަމިއްޔާތައް މެދުވެރިކޮށް ފޮތް ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ނޮވެލްޓީ އިން ފޮތް ލިސްޓު ނަގަން ބޭނުންވާ ފަރާތްތަކުން 7252049 އަށް ވައިބާ ކުރުމަށް ވަނީ އެދިފަ އެވެ.