ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލުއިތައް ނުދޭތީ ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް)އިން މުޒާހަރާ ކޮށްފިއެވެ.
"ކާންދޭ އަތުގައި ދަތް ނާޅާ"ގެ ނަމުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން މިއަދު ހަވީރު ބޭއްވި މުޒާހަރާ ކުރިއަށް ގެންދިޔައީ ކާނިވާ ސްޓޭޖު ސަރަހައްދުގައެވެ. މި މުޒާހަރާގައި އެ ސިނާއަތުގައި އުޅޭ އިސް ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެ މުޒާހަރާގައި ކެފޭ ރެސްޓޯރެންޓްތަކުގެ ވެރިން ވަނީ ލުއިތައް ނުލިބޭތީ ވިޔަފާރިތައް ބަނގުރޫޓުވެދާނެ ކަމަށް ބުނެ އަޑު އުފުލައިފައެވެ. މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލައިފައިވަނީ ކެފޭ ރެސްޓޯރެންޓްތަކަށް ހިންދެމިލެވޭ ވަރުގެ ލުއިތައް ދިނުމަށެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ ޖިމްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދިންތަން. ފިހާރަތައް އެބަ ހުޅުވޭ. ނަމަވެސް ކެފޭތަކާއި ރެސްޓޯރެންޓްތަކުން މިޖެހެނީ ޑެލިވަރީ ނޫނީ ޓޭކްއަވޭގެ ހިދުމަތްދޭން. ޑައިނިން ނުކުރެވޭ. ގެއްލުމުގައި ހިންގަން މިޖެހެނީ" މާލޭގައި ކެފޭ ރެސްޓޯރެންޓްގެ ވިޔަފާރިކުރާ ވިޔަފާރިވެރިޔަކު "ވަން" އަށް ވިދާޅުވިއެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަނުން ބުނި ގޮތުގައި ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޫކުރި ލޯނު ލިބުނީ ރެސްޓޯރެންޓު ދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ހޯދުން ވަނީ މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު