މިނިސްޓްރީ އޮފް އެންވަޔަރަމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަފްޒަލް އިބްރާހީމް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކޮށް, އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިތުރު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ހ. ސުނާރު ހަދީޖާ ނަސީމް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާ މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުގައެވެ.
ހަދީޖާ ނަސީމް ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ ބައިނަލް އަގުވާމީ އަދި ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަގާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައިފައެވެ.
ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަފްޒަލް ވަނީ ކޮމްޕިއުޓާ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސްއިން މޮބައިލް ކޮމްޕިއުޓިން ހާސިލުކުރައްވާފައެވެ. އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގުމުއްދަތެއްގައި ހިދުމަތްކުރައްވައިފައެވެ.
އަފްޒަލަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ފަރާތުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު